ޓިއުނީޝިއާ ބަނދަރުގައި އޮތް ގާޒާގެ އެހީގެ ގާފިލާއަށް ދެވަނަ ހަމަލާއެއް ދީފި
ދަޕްރެސް
10 ސެޕްޓެމްބަރު 2025 | ބުދަ | 10:01
ގާޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށް ނުދީ އިޒްރޭލުން ބަންދުކޮށްފައި އޮތް އޮތުމާ ދެކޮޅަށް ތެދުވެ އެހީ ހިފައިގެން ދަތުރުކުރާ ސުމުދު ފްލޮޓިޓާ ނުވަތަ ގާފިލާއަށް ދެވަނަ ހަމަލާއެއް ދީފިއެވެ.
ބާސެލޯނާއިން ފުރައިގެން ގާޒާއަށް ދިޔުމުގެ މަގުމަތީގައި ޓިއުނީޝިއާގައި ބަނދަރުކޮށްފައި ތިއްބާ، ރޭ ދިން ދެވަނަ ހަމަލާ އަކީވެސް ޑްރޯން މެދުވެރިކޮށް ދިން ހަމަލާއެއް ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
އާންމުވެފައި ވާ ފޮޓޯއިން، ހަމަލާގައި ބޯޓަށް ވައްޓާލި ގޮވާ ހަތިޔާރު ފެންނަން އޮތް އިރު، އެ ހަތިޔާރު ބޯޓަށް ވެއްޓޭތަން އާންމުވި ވީޑިއޯއަކުން ވަނީ ފެނިފައެވެ.