އޮފީސް ހިންގާނެ އިމާރާތެއް ނެތުމުން ސްކައުޓް އިދާރާއާއި ފިހާރަ ވަގުތީ ގޮތުން ބަންދުކޮށްފި
ދަޕްރެސް
10 ސެޕްޓެމްބަރު 2025 | ބުދަ | 7:43
އޮފީސް ހިންގާނެ އިމާރާތެއް ނެތުމުން މޯލްޑިވްސް ސްކައުޓް އެެސޯސިއޭޝަންގެ އިދާރާއާއި ފިހާރަ ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
އެ އެސޯސިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިއަދުގެ ކުރިން ސްކައުޓްގެ އިދާރާ އާއި ފިހާރަ ހުސްކުރަން އަންގާފައިވާ ކަމަށެވެ.
އަދި މިވަގުތު ސްކައުޓް އިދާރާ ހިންގާނެ އިމާރާތެއް ހަޖެހިފައިނުވާކަން ފާހަގަކޮށް އެ އެސޯސިއޭޝަނުން ބުނީ، އިތުރު އިމާރާތެއް ހަމަޖެހެންދެން ގައުމީ ސްކައުޓް އިދާރާ އަދި ފިހާރަ ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.