އަތް ނުފޯރާ ވަރަށް އެރުމުން އެސްޓީއޯއިން ބާޒާރަށް އޮރެންޖު ނެރެ، ކިލޯއައެއް 35ރ. އަށް ވިއްކަނީ
ދަޕްރެސް
10 ސެޕްޓެމްބަރު 2025 | ބުދަ | 5:52
ބާޒާރުގައި އޮރެންޖުގެ އަގު އުފުލުމާ ގުޅިގެން އެކަން ހައްލުކުރުމަށް އެސްޓީއޯއިން އޮރެންޖު ޝިޕްމަންޓެއް ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.
ތަފާތު މޭވާގެ ބާވަތްތައް އަގުބޮޑުވެފައިވާ މި ދަނޑިވަޅުގައި ބާޒާރު މަތިން އެންމެ އާދައިގެ އޮރެންޖާއި އާފަލުގެ އަގު ވެސް ވަނީ އަތް ނުފޯރާ ފަށަށް އުފުލިފައެވެ. ބާޒާރު މަތީގައާއި މޭވާ އާއި ތަރުކާރީ ވިއްކާ ފިހާރަތަކުގައި ވެސް އުޅެނީ ހަމަ އެއް ރޭޓެކެވެ.
ކުރިން އާފަލާއި އޮރެންޖުގެ އަގު 6 ވަރަކަށް ރުފިޔާ އަށް އުޅުނު ނަމަވެސް މިހާރު މި ދެ ބަވާތުގެ މޭވާގެ އަގުވެސް ވަނީ ދެގުނަ ބޮޑުވެފައެވެ. އެގޮތުން ފާއިތުވި ދެ ހަފްތާއަށް ބަލާއިރު ވެސް މާލޭ ބާޒާރުގައި އެންމެ އޮރެންޖެއް ވިއްކަމުން ދަނީ 15 ރުފިޔާއަށެވެ. އަދި އާފަލެއް އުޅެނީ ގާތްގަނޑަކަށް 10-11ރ. އާއި ދެމެދުގެ އަގެއްގައެވެ. އަދި ބައެއް ފިހާރަކުން ވަނީ ބޮލަކަށް އޮރެންޖު ވިއްކާ އަދަދު ލިމިޓުވެސް ކޮށްފައެވެ.