ބިން ހިއްކަން ގޮވާލައި، ދޮންފަނުގެ ރައްޔިތުން ކަނޑުމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަނީ

ދަޕްރެސް

11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 1:01

ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ގޮވާލައި، އެ ރަށުގެ ރައްޔިތުން ކަނޑުމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ބ.އަތޮޅުގެ ބަޔޯސްފިއާ ރިޒާވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުންދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމަވާފައެވެ. މިކަމާ ގުޅިގެން އެ ރަށުގެ ރައްޔިތުން އަންނަނީ ސިލްސިލާކޮށް އިހުތިޖާޖު ކުރަމުންނެވެ.

ދޮންފަނު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމުމާ ގުޅިގެން އެ ރަށުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ކުރިއަށް އޮތް ދުވަސްތަކުގައި ސިލްސިލާކޮށް މުޒާހިރާތައް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މައުޟޫޢުތަށް