ޝަރުއީ ދާއިރާއަށް ބްލޮކް ގްރާންޓެއް ދިނުމުން އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހަލުވިވެގެންދާނެ: ސުޕްރީމް ކޯޓް
ދަޕްރެސް
12 ސެޕްޓެމްބަރު 2025 | ހުކުރު | 9:32
ރާއްޖޭގެ ޝަރުއީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރު ކުރުމަށް ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމަކީ އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހަލުވިވެގެންދާނެ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން ބުނީ މިއީ މި ދާއިރާގެ ކުރިއެރުމާއި މުސްގިއްލުކަން ދެމެހެއްޓެވުމަށް ނިންމެވި ތާރީހީ މުހިންމު ނިންމެވުމެއް ކަމަށާއި އެކަމަށް ރައީސް މުއިއްޒަށް ޝުކުރު ދަންނަވާ ކަމަށެވެ.
އަދި މި ނިންމެވުމުގެ ސަބަބުން މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލު ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށާއި، އަދުލުއިންސާފު ގާއިމުކުރުމުގެ މަސައްކަތައް ހަލުވިކަމެއް އަންނާނެ ކަމަށެވެ.