މީޑިއާ ބިލަކީ މިއަދު އަލަށް ހުށަހެޅުނު ބިލެއް ނޫން، މިއީ ކުރިން މާ ހަރުކަށިކޮށް ހުށަހެޅި ބިލެއް: އަސްވާޑު

ދަޕްރެސް

11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 9:25

މީޑިއާ ރެގިއުލޭޓް ބިލަކީ މިއަދު އަލަށް ހުށަހެޅުނު ބިލެއް ނޫންކަމަށާއި މީގެ މާ ކުރިން މާ ހަރުކަށިކޮށް މީޑިއާ ރެގިއުލޭޓް ކުރަން ބިލު ހުށަހެޅި ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

އަސްވާޑު މިފަދައިން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން އަސްވާޑު ވިދާޅުވީ މިއީ ދިވެހި ސަރުކާރުން ހުށަހެޅި ބިލެއް ނޫންކަމަށާއި، މިއީ އަމިއްލަ މެމްބަރަކު މަޖިލީހަށް ހުށަހަޅުއްވައިގެން އުޅޭ ބިލެއް ކަމަށެވެ. އަދި މިއީ ކުރިންވެސް އަމިއްލަ މެމްބަރަކު ފޮނުއްވި ބިލެއް ކަމަށާއި، ނަމަވެސް އޭރު ރާއްޖޭގެ ނޫސްވެރިން އޭޖީގެ އަރިހު ދަންނަވައިގެން ވަގުތު އިތުރަށް ދިނުމަށް އެދި ބިލު އަނބުރާ ނެގި ކަމަށް އަސްވާޑު ވަނީ ވިދާޅުވެފައެވެ.

އަސްވާޑު ވިދާޅުވީ ވަގުތު ލިބިއްޖެކަމަށާއި އެންމެ ފުރަތަމަ ބިލާއި މިހާރު ހުށަހަޅާފައިވާ ބިލާ ދެމެދުވެސް 6 މަސް ދުވަސް ވެފައިވާ ކަމަށެވެ. އަސްވާޑު އިތުރަށް ވިދާޅުވީ މީޑިއާ ކޮމިޝަން ހަދާ ވާހަކައާއި ރެގިއުލޭޓު ކުރާ ވާހަކައަކީ އިއްޔެ ދެކެވުނު ވާހަކައެއް ނޫން ކަމަށާއި ކުރީގެ ރައީސުންގެ ތެރެއިން މި ވާހަކަ ހަމައެކަނި ނުދައްކާ ހުންނަވާނީ ރައީސް ނަޝީދު ކަމަށެވެ.

މައުޟޫޢުތަށް