ދޮންފަނު ފަރުގައި ޑައިވްކުރުން އެ ރަށު ކައުންސިލުން މަނާކުރި ނިންމުން ބާތިލްކުރަން އެލްޖީއޭ އިން އަންގައިފި

ދަޕްރެސް

12 ސެޕްޓެމްބަރު 2025 | ހުކުރު | 10:18

ބ. ދޮންފަނުގެ ބިން ހިއްކުމަށް ސަރުކާރަށް ގޮވާލައި، ސިލްސިލާ މުޒާހާރާތަކެއް ކަނޑުމަތީގައި ކުރަން ނިންމާފައިވާތީ އެރަށުގެ ފަރުގައި ޑައިވް ކުރުން ރަށު ކައުންސިލުން މަނާކުރި އެންގުން ބާތިލުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފިއެވެ.

ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ބ.އަތޮޅުގެ ބަޔޯސްފިއާ ރިޒާވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުންދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމަވާފައެވެ. މިކަމާ ގުޅިގެން އެ ރަށުގެ ރައްޔިތުން އަންނަނީ ސިލްސިލާކޮށް އިހުތިޖާޖު ކުރަމުންނެވެ.

އަދި އިއްޔެ އެރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ އެ ކައުންސިލްގެ އިހުތިސާސުގައި ހިމެނޭ ކަނޑުގެ ބައި ކަމަށްވާ، ރަށު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަން ނިންމާފައިވާ ކަމަށާއި އެހެންކަމުން ވަކި ގޮތެއް އެ ކައުންސިލުން އަންގަންދެން އިއްޔެއިން ފެށިގެން ދޮންފަނު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުމާއި ޑައިވް ކުރުން މަނާކޮށްފައެވެ.

މައުޟޫޢުތަށް