ސުޕްރީމް ކޯޓުން ސޯޝަލް މީޑިއާގައި ރައީސާ މުއާމަލާތް ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް: ހުސްނުއްސޫދު
ދަޕްރެސް
12 ސެޕްޓެމްބަރު 2025 | ހުކުރު | 10:20
ސުޕްރީމް ކޯޓުން ސޯޝަލް މީޑިއާގައި ރައީސާ މުއާމަލާތް ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ހުސްނުއްސުއޫދު މިފަދައިން ވިދާޅުވީ، ޝަރުއީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން މިހާރު ހަރަދުކުރާ ވަރަށް ވުރެ އިތުރަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން އެކަމަށް މަރުހަބާ ކިޔާ ސުޕްރީމް ކޯޓުން އެކްސްގައި ހިއްސާ ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
ރައީސް 'އެކްސް'ގައި ލިޔުއްވި ޕޯސްޓު، ރިޕޯސްޓުކޮށް ސުޕްރީމް ކޯޓުން ވަނީ، ދިވެހިރާއްޖޭގެ ޖުޑިޝަރީ ހަރުދަނާކޮށް، މިނިވަން ޖުޑިޝަރީއެއް ގާއިމުކުރުމަށް، ރައީސް އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުއްވުމަށް ކެބިނެޓުގައި މަޝްވަރާކުރައްވައި ނިންމެވި ނިންމެވުމަށް އުފާކޮށް މަރުހަބާ ކިޔާފައެވެ.