އެމްކިއުއޭއިން ދޫކުރާ ލިޔުންތައް އެޓެސްޓް ކުރުމުގެ ބާރު އެ އޮތޯރިޓީއަށް ނަގައިފި
ދަޕްރެސް
12 ސެޕްޓެމްބަރު 2025 | ހުކުރު | 12:30
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ދޫކުރާ ލިޔުންތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު އެ އޮތޯރިޓީން ޖަހައިދިނުމަށް، ކަމާ ގުޅޭ އުސޫލެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.
ރާއްޖޭގައި މަތީ ތައުލީމު ހާސިލު ކުރި ކަމަށް ބުނެ ފޭކް ސެޓްފިކެޓް ހުށަހެޅުން އާންމުވެފައިވާ މި ދަނޑިވަޅުގައި އެމްކިއުއޭއިން ވަނީ އޮތޯރިޓީން ދޫކޮށްފައިވާ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހޭނީ ހަމައެކަނި އެ އޮތޯރިޓީއަށް ކަމަށް ބަޔާންކޮށް އުސޫލެއް ނެރެފައެވެ.
މިފަދަ އުސޫލެއް ނެރުމުގެ މައިގަނޑު މަގްސަދަކީ އެ އޮޓޯރިޓީން ދޫކޮށްފައިވާ ރަސްމީ ލިޔުންތަކުގެ ކޮޕީ އެހެން ފަރާތްތަކަށް ހުށަހެޅުމުގައި އެ ލިޔުންތަކުގެ ސައްހަކަން ފަސޭހަކޮށް، ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށް ވެއެވެ. އެގޮތުގެ މަތިން އެމްކިއުއޭއިން އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދޭނީ: