ދޮންފަނު ކައިރިއަށް ޑައިވްކުރަން ދިޔަ ބަޔަކަށް އެރަށުގެ ރައްޔިތުން ހުރަސްއަޅައިފި
ދަޕްރެސް
12 ސެޕްޓެމްބަރު 2025 | ހުކުރު | 6:30
ބ. ދޮންފަނު ކައިރިއަށް ޑައިވްކުރަން ދިޔަ ބަޔަކަށް އެ ރަށުގެ ރައްޔިތުން ހުރަސްއަޅައިފިއެވެ.
ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ގޮވާލައި ކަނޑުމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް އެ ރަށުގެ ރައްޔިތުން ވަނީ ނިންމާފައެވެ.
އެގޮތުން ދޯނިތަކުގައި ދޮންފަނުން މުޒާހަރާއަށް ނުކުތް ބައެއް ފަރާތްތަކުން ވަނީ އެ ރަށް ކައިރިއަށް ޑައިވްކުރުމަށް ދިޔަފަރާތަކަށް އެ ސަރަހައްދުގައި ޑައިވް ނުކުރެވޭނެ ކަމަށް ބުނެ ޑައިވް ކުރުމަށް ހުރަސް އަޅާފައެވެ. އަދި އެ ސަރަހްއްދުން ދިއުމަށް ވެސް ދޮންފަނުގެ ރައްޔިތުން ވަނީ އެ ފަރާތްތަކަށް އަންގާފައެވެ.