317 ފުޅި ބަނގުރަލާއެކު، ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ 2 ބިދޭސީން ހައްޔަރުކޮށްފި

ދަޕްރެސް

12 ސެޕްޓެމްބަރު 2025 | ހުކުރު | 6:43

ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާއެކު މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ 2 ބިދޭސީން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ މޮނު ހައުލޭޑާ އަދި އުމުރުން 25 އަހަރުގެ ސަކީބް މިއާ ކަމަށެވެ.

އެ 2 މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިދިޔަ ބުދަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް