ރާއްޖޭގެ ވޯޓާއެކު ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުގެ ގަރާރު ފާސްކޮށްފި

ދަޕްރެސް

12 ސެޕްޓެމްބަރު 2025 | ހުކުރު | 9:35

ސުލްހަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާއި 2 ދައުލަތުގެ ހައްލު ތަންފީޒުކުރުމާގުޅޭ ގަރާރު "ނިއުޔޯކް ޑެކްލެރޭޝަން" ފާސްކުރުމަށް ދިވެހިރާއްޖެއިން ތާއީދުކޮށްފިއެވެ.

އެ ގަރާރު ބަލައިގެންފައިވަނީ މިއަދު ބޭއްވި އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައެވެ.

ނިއުޔޯލް ޑެކްލެރޭޝަން ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 142 ގައުމުގެ ތާއީދާއެކުގައެވެ. އެ ގަރާރާ ދެކޮޅަށް 10 ގައުމުން ވޯޓުދީފައި ވާއިރު، 12 ގައުމަކުން ވަނީ ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ނިންމާފައެެވެ.

މައުޟޫޢުތަށް