މަރަދޫ "ބޮނޑޮގޭ"ގައި އައްޑޫގެ ތާރީހާއި ސަގާފަތް ދައްކުވައިދޭ އާޓް ގެލަރީއެއް ހުޅުވަނީ
ދަޕްރެސް
13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 9:02
އައްޑޫ ސިޓީގެ މަރަދޫ "ބޮނޑޮގޭ" އިމާރާތުގައި އާޓް ގެލެރީ ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫސިޓީގެ ތާރީހާއި ސަގާފަތް ދައްކުވައިދިނުމަށް އާޓް ގެލެރީއެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަކަން ހާމަކޮށް އައްޑޫ ސިޓީ ކައުންސިލުން ބުނީ މަރަދޫގައި ހުރި ތާރީހީ "ބޮނޑޮގޭ" އިމާރާތުގައި އައްޑޫ ސިޓީ ކައުންސިލުން ގާއިމުކުރަން ނިންމާފައިވާ އާޓް ގެލެރީއަށް ބޭނުންވާ ކުރެހުންތައް ފޯރުކޮށްދިނުމަށް، ރާއްޖޭގެ ހުނަރުވެރި ކުރެހުންތެރިންނަށް ފުރުސަތު ހުޅުވާލާކަމަށެވެ.
މި ގެލެރީއަށް ހުށަހަޅާ ކުރެހުންތަކުގެ މައިގަނޑު ޝިއާރަކަށް ވާންވާނީ "އައްޑޫގެ ތާރީހާއި ސަގާފަތް އަދި ގަދީމީ މަސައްކަތްތެރިކަމާއި އިގްތިސާދު" ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މި އާޓް ގެލެރީގެ ބޭނުމަކީ އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވާ އައްޑޫއަށް އަންނަ ފަތުރުވެރިންނާއި އާންމު ފަރާއްތަކަށް އައްޑޫގެ ތާރީހާއި ސަފާގަތް އަދި އައްޑޫއާއި ގުޅުންހުރި ވާހަކަތައް ކިޔާދިނުންކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.