ކ. ކާށިދޫ ފަޅު ހިއްކައިގެން ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް، އަނެއްކާ އިއުލާންކޮށްފި
ދަޕްރެސް
13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 8:30
ކ. ކާށިދޫ ފަޅުގައި ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމަށް، 115.21 ހެކްޓަރުގެ ސަރަހައްދެއްގައި، 10 ހެކްޓަރުގެ ރަށެއް ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ތަރައްގީކުރެވޭ ރިސޯޓުގައި މަދުވެގެން 100 އެނދު ހުންނަން ޖެހޭނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މިކަމަށް ޝައުޤުވެރިވާ ދިވެހި އަދި ބިދޭސީ ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މިއަންނަ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހުގެ މެންދުރު 13:00ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. ދާޅުވީ، މި މަޝްރޫއާ ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށާއި އަދި މި މަހުގެ 14ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި 13:00 އާ ދެމެދު އެ ވުޒާރާ ރިސެޕްޝަނުން ބީލަން ފޮތް ލިބޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.