4000 ފްލެޓަށް 588 ފަރާތަކުން ޑިޕޮސިޓް ދައްކާ ނިންމައިފި: އެފްޑީސީ
ދަޕްރެސް
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 3:51
ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކަށް މިހާތަނަށް 588 ފަރާތަކުން ޑިޕޮސިޓް ދައްކާ ނިންމާފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ބުނެފިއެވެ.
އެފްޑީސީން ބުނީ މިހާތަނަށް 588 ފަރާތަކުން ޑިޕޮސިޓް ދައްކާފައިވާއިރު، 909 ފަރާތެއް ޑިޕޮސިޓް ދެއްކުމަށް ތާވަލުކުރެވިފައިވާކަމަށެވެ. ޑިޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހޭއިރު، އެފްޑީސީން ވަނީ މިހާރު ފްލެޓްތައް އެ ތަންތަނުގެ ވެރިފަރާތްތަކާ ހަވާލުކުރަން ފަށާފައެވެ.
އެގޮތުން އެސްއެމްއެސް އަދި ޕޯޓަލް މެދުވެރިކޮށް ފްލެޓްތަކުގެ ތަޅުދަނޑިއާ ހަވާލުވާން ދިއުމަށް އަންގަމުން ދާނެ ކަމަށްވެސް އެފްޑީސީން ވަނީ ބުނެފައެވެ.