ސަރުކާރުން އުފެއްދި ބޭސް ކުންފުނީގެ އެމްޑީއަކަށް ޑރ. ޝާހު މާހިރު
ދަޕްރެސް
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 6:19
ރާއްޖެ އަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ސަރުކާރުން އުފެއްދި ހާއްސަ ކުންފުނިކަމުގައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް ވ. ފަޝާމަންޒިލް، ޑރ. ޝާހު މާހިރު އައްޔަން ކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ބޭސް ކުންފުނީގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޝާހު އަދި ބޯޑު މެމްބަރުންގެ ގޮތުގައި އިތުރު ދެ ބޭފުޅަކު އައްޔަން ކޮށްފައިވާ ކަމަށެވެ. އެގޮތުން ބޯޑު މެމްބަރުންނަށް އައްޔަންކުރި ބޭފުޅުންނަކީ:
ފާހަގަކުރެވޭ ގޮތުގައި ޝާހު މާހިރަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯއެވެ. އަދި ޝާހު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އަދާކުރައްވާފައެވެ.