މަސްވެރިކަން މާކެޓް ކުރާ ކުންފުނީގެ އެމްޑީއަކަށް ޑރ. މުހައްމަދު އިބްރާޙިމް
ދަޕްރެސް
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 6:27
މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގް އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް މީހަކު އައްޔަންކޮށްފިއެވެ.
މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ މާކެޓުގައި އިޝްތިހާރު ކުރަން މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.
މިއީ ގާނޫނުގައި ރައީސް އަށް ލިބިދޭ ބާރުގެ ދަށުން އުފައްދާފައިވާ ކުންފުންޏެއް ކަމަށްވާއިރު އެއީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އެކުލެވޭ ކުންފުންޏެއްވެސް މެއެވެ. އެ ކުންފުންޏަށް ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގް ޑިރެކްޓަރުކަމުގެ މާގާމަށާއި، ބޯޑު މެމްބަރުކަމުގެ މަގާމަށް މީހަކު އައްޔަން ކޮށްފައިވާ ކަން ޕީސީބީން މިއަދު ވަނީ ބުނެފައެވެ.