ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ދެނެގަތުމަށް ހާއްސަ އިންސްޕެކްޝަނެއް ކުރިއަށްގެންދަނީ

ދަޕްރެސް

14 ސެޕްޓެމްބަރު 2025 | އާދިއްތަ | 8:42

ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ދެނެގަތުމަށް ހާއްސަ އިންސްޕެކްޝަނެއް ކުރިއަށްގެންދިއުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.

މިކަމާ ގުޅިގެން އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއެޅުމަށާއި، އެ އިދާރާގައި ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ހާއްސަ އިންސްޕެކްޝަނެއް މި މަހުގެ 21 އިން 31 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

މި އިންސްޕެކްޝަން ކުރިއަށް ގެންދާނީ މާލެ ސިޓީ ކައުންސިލާއި ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ކަމަށްވެސް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް