މާލޭގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ޒަހަމްވި ދިވެހި ފިރިހެނަކަށް ފަރުވާ ދެނީ
ދަޕްރެސް
15 ސެޕްޓެމްބަރު 2025 | ހޯމަ | 8:38
މާލޭގައި ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމްކޮށްލި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މި މާރާމާރި ހިންގާފައި ވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައި މާލޭގެ މަޖީދީމަގުގައެވެ.
ފުލުހުން ބުނީ، މަޖީދީ މަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމް ކޮށްލާފައިވާ މައްސަލައިގެ ރިޕޯޓް ކޮށްފައި ވަނީ އިއްޔެ ފަތިހު 5:15 ގައި ކަމަށެވެ. ޒަހަމްވެފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.