ބީއެމްއެލްއިން ގދ. އަދި ގއ. ތައުލީމީ މަރުކަޒުގައި އައިސީޓީ ޕްރޮގްރާމެއް ހިންގައިފި
ދަޕްރެސް
15 ސެޕްޓެމްބަރު 2025 | ހޯމަ | 10:12
ގއ. އަތޮޅު ތައުލީމީ މަރުކަޒާއި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ޕްރޮގްރާމް ހިންގާފައި ވަނީ ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޒަންގެ އަންހެން މުވައްޒަފުންގެ ޓީމަކުންނެވެ.
ބީއެމްއެލްއިން ބުނީ އެ ޕްރޮގްރާމްގައި އައިސީޓީ ދާއިރާގެ މައުލޫމާތާއި އެ ދާއިރާގައި އަދާކުރެވޭ ވަޒީފާތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ.