ނިންމުންތައް ނިންމުމުގައި ހުރިހާ ދިވެހި ރައްޔިތުންގެ އަޑު އެހުން މުހިންމު: ރައީސް

ދަޕްރެސް

15 ސެޕްޓެމްބަރު 2025 | ހޯމަ | 11:32

ނިންމުންތައް ނިންމުމުގައި ހުރިހާ ދިވެހި ރައްޔިތުންގެ އަޑު އެހުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ނިންމުންތައް ނިންމުމުގެ ހުރިހާ ފަންތިއެއްގައި ވެސް ހުރިހާ ދިވެހި ރައްޔިތުންގެ އަޑުއެހުން މުހިންމު ކަމަށެވެ.

މައުޟޫޢުތަށް