އާއިލާގެ މީހަކު ބަލިވެއްޖެނަމަ 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ދެނީ
ދަޕްރެސް
15 ސެޕްޓެމްބަރު 2025 | ހޯމަ | 1:56
އާއިލާގެ މީހަކު ބަލިވެއްޖެނަމަ 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
އިއްޔެ ގެޒެޓުގައި އެ އިސްލާހުގައި ބުނެފައި ވަނީ ސިވިލް ސާވިސް މުވައްޒަފެއްގެ މަންމައަށް، ބައްޕަޔަށް، އަނބިމީހާއަށް /ފިރިމީހާއަށް، ދަރިޔަކަށް، އެއްބަނޑުއެއްބަފާ މީހަކަށް، އެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހިފައިވާ މީހަކު ބަލިވެއްޖެނަމަ، އަސާސީ މުސާރަ ލިބޭގޮތަށް "ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ" ގެ ގޮތުގައި 30 ދުވަހުގެ ޗުއްޓީއެއް ދެވިދާނެ ކަމަށެވެ.
މުވައްޒަފަކަށް ޗުއްޓީ ދޭނީ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި އެ ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.