މޫނުބުރުގާ އަޅައިން ވަޒީފާއަށް ދެވޭގޮތަށް ގަވައިދު ބަދަލުކޮށްފި

ދަޕްރެސް

15 ސެޕްޓެމްބަރު 2025 | ހޯމަ | 4:29

ސިވިލް ސާވިސް މުވައްޒަފުންނަށް މޫނުބުރުގާ އަޅައިގެން ވަޒީފާއަށް ދެވޭގޮތަށް ސިވިލް ސާވިސްގެ ގަވައިދުގެ 145 ވަނަ މާއްދާ އިސްލާހުކޮށްފިއެވެ.

މި އިސްލާހު ގެޒެޓުކޮށް އަމަލުކުރަން ފަށާފައިވާއިރު، މި އިސްލާހުގައި ބަޔާންކޮށްފައި ވާގޮތުގައި މުވައްޒަފުން ހިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައެވެ. އަދި އެ ހިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ހިދުމަތެއް ދޭ މުވައްޒަފަކު ނަމަ، އެ މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މޫނުބުރުގާ އަޅައިގެން އުޅޭ އަންހެނުންނަށް މީގެކުރިން ވަޒީފާއަށް ނިކުތުމުގައި ދަތިތައް ހުރިނަމަވެސް މި އިސްލާހާއެކު ހަމަހަމަ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.

މައުޟޫޢުތަށް