ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ދެމެހެއްޓުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެއް: އަބްދުއްރަހީމް

ދަޕްރެސް

15 ސެޕްޓެމްބަރު 2025 | ހޯމަ | 4:44

ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ދެމެހެއްޓުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެއް ކަމަށާއި، އެ ޒިންމާ ނަގަހައްޓަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައެވެ. އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރަސީގެ ނިޒާމަކީ އެ ނިޒާމެއްގެ ފުރިހަމަ ބާރު ރައްޔިތުންގެ އަތުގައި އޮންނަ ނިޒާމެއް ކަމަށާއި، މި ނިޒާމުގެ ބާރުތައް ފެށިގެން އަންނަނީވެސް ރައްޔިތުންނާއި ހަމައިން ކަމަށެވެ.

އެހެންކަމުން މި ނިޒާމުގެ ހަމަތަކާއި އުސޫލުތައް ދެމެހެއްޓުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެއް ކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ މީގެތެރެއިން އެންމެ މުހިންމު އެއް ޒިންމާއަކީ އިންތިހާބުތަކުގައި ވޯޓުލާން ދާ ދިއުން ކަމަށެވެ. ވޯޓުލުމަކީ ރައްޔިތުންނަށް ލިބިދޭ މުހިންމު ހައްގެއް ކަމަށާއި، އެ ހައްގު އަދާކުރުމަށް އިލްތިމާސްކުރައްވާކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް