ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ވަގަށް މަސްވެރިކަން ކުރި ބޯޓެއް ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
ދަޕްރެސް
16 ސެޕްޓެމްބަރު 2025 | އަންގާރަ | 10:39
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މަސްވެރިކަން ކުރި އަވައްޓެރި ލަންކާ ބޯޓެއް ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.
"އަނުސްކާ ޑެސްހަން" ނަމަކަށް ކިޔާ ލަންކާގެ މަސްބޯޓެއް 2022 ވަނަ އަހަރު، ރާއްޖޭގެ ސަރަހައްދަށް ވަދެފައިވާ މައްސަލައިގައި ބޯޓުގެ ވެރިމީހާ ވަނީ 400،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.
ގާނޫނާ ޙީލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ މި މަސްބޯޓު، އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޝިޕް ހުރަވީން ހިފެހެއްޓީ މ. މުލީގެ އިރުން 79 ނޮޓިކަލް މޭލު ދުރުންނެވެ. މި ބޯޓުގެ މައްސަލައިގައި ފިޝަރީޒް މިނިސްޓްރީގެ ނަމުގައި ދައުލަތުން އެ ބޯޓުގެ ވެރިފަރާތާ ދެކޮޅަށް 2022 ވަނަ އަހަރު ދައުވާކޮށްފައިވާއިރު އެ މައްސަލައިގައި ދައުލަތުން އެދިފައިވަނީ، މި ބޯޓުގެ ވެރިފަރާތް 400،000 ރުފިޔާއިން ޖޫރިމަނާކޮށް، އޭނާގެ ބޯޓު ދައުލަތަށް ނެގުމަށެވެ.