ރަސްމީ ދަތުރެއްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޕާކިސްތާނަށް ފުރާވަޑައިގަންނަވައިފި
ދަޕްރެސް
16 ސެޕްޓެމްބަރު 2025 | އަންގާރަ | 2:28
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ފުރާވަޑައިގަންނަވައިފިއެވެ.
މަޖިލީހުގެ ރައީސް ފާކިސްތާނުގެ އިސްލާމްއާބާދަށް މި ދަތުރަކީ މި މަހުގެ 16 އިން 20 އަށް ކުރައްވާ ދަތުރެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މި ދަތުރުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޛީމް ބައިވެރިވެވަޑައިގަންނަވައެވެ.