ސިވިލް ސާވިސް ކޮމިޝަންގެ ރައީސަކަށް މުޖުތާޒް، ނައިބަކަށް ނާސިހް އައްޔަންކުރައްވައިފި
ދަޕްރެސް
16 ސެޕްޓެމްބަރު 2025 | އަންގާރަ | 5:34
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްކަން ކުރެއްވި މުހައްމަދު ނާސިހު ކޮމިޝަންގެ ނައިބު ރައީސްކަމަށް، އަދި މިހާރު އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު މުޖުތާޒު އެ ކޮމިޝަންގެ ރައީސް ކަމަށް އައްޔަންކޮށްފިއެވެ.
މުޖުތާޒާއި ނާސިހަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ އިއްޔެއެވެ. އެ ހުށަހެޅުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާ ކުރުމަށްފަހު ދެބޭފުޅުންނަށް ވެސް އިއްޔެ ވަނީ ރުހުންދީފައެވެ.
އެ ދެބޭފުޅުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި މުޖުތާޒަށް ރުހުންދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ. ނާސިހަށް ރުހުންދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 65 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓުދެއްވައިގެންނެވެ. ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.