މޯލްޑިވްސް މީޑިއާ ކައުންސިލާ އަދި ބްރޯޑްކާސްޓިން ކޮމިޝަނަށް މީޑިއާތަކުގެ އިތުބާރެއް ނެތް: އަސްވާޑު

ދަޕްރެސް

17 ސެޕްޓެމްބަރު 2025 | ބުދަ | 9:37

ރާއްޖޭގެ މީޑިއާތަކުގެ ކަންކަން ބަލަހައްޓަމުންދާ، މޯލްޑިވްސް މީޑިއާ ކައުންސިލާ އަދި ބްރޯޑްކާސްޓިން ކޮމިޝަނަށް މީޑިއާތަކުން އިތުބާރު ނުކުރާކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާއި ގުޅޭގޮތުން ވާހަކަދައްކަމުން އިބްރާހީމް ވަހީދު ވިދާޅުވީ މީޑިއާތަކަށް ދިމާވާ ކަންކަމުގެ ހައްލެއް މީޑިއާ ކައުންސިލާ އަދި ބްރޯޑްކާސްޓިން ކޮމިޝަނަށް ހޯދައި ދެވިފައިނުވާކަން ރާއްޖޭގެ ނޫސްވެރިން ފާހަގަކުރާކަމަށެވެ.

މިދެތަން ފެއިލްވެއްޖެ ކަމަށް މީޑިއާތަކުންވެސް އެއްބަސްވާކަން ފާހަގަކޮށް އިބްރާހީމް ވަހީދު ވިދާޅުވީ މިހާރު މަޖިލީހުން ފާސްކޮށްފައިވާ ބިލަކީ ނޫސްވެރިންގެ ކަންބޮޑުވުންތައް އައްސަވާ، ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ ބިލެއްކަމަށެވެ. މި ބިލުގައި ރާއްޖޭގެ މީޑިއާތައް ބަލަހައްޓަމުންދާ މި ދެ މުއްސާސާ ކަމުގައި އެއްކޮށްލައި މީޑިއާ ކަންކަން ބެލުމަށް މިނިވަން ކޮމިޝަނެއް އުފެދިގެންދާއިރު އިބްރާހީމް ވަހީދު ވަނީ އެ ކޮމިޝަނުގެ މަސައްކަތް ވަޒަންކޮށްލުމަށް އެދިވަޑައިގެންފައެވެ.

މައުޟޫޢުތަށް