އަލީބާބާގައި "ސެލާ އެކައުންޓްސް" ހުޅުވުމުގައި ހުރި ދަތިތަކަށް ހައްލު ހޯދަދެނީ
ދަޕްރެސް
17 ސެޕްޓެމްބަރު 2025 | ބުދަ | 12:39
އަލީބާބާގައި "ސެލާ އެކައުންޓްސް" ހުޅުވުމުގައި ހުރި ދަތިތަކަށް ހައްލު ހޯދަދޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ އިއްޔެ ބޭއްވި އަލީބާބާގެ ވެބިނާއާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިވަން ވިޔަފާރީގެ ފުރިހަމަ ނަތީޖާ އަދި ފުރުސަތުތައް ފަހިކުރުމުގައި ދުނިޔޭގެ އެންމެބޮޑު އެއް އީކޮމާސް ޕްލެޓްފޯމް ކަމުގައިވާ އަލީބާބާ އާއެކު ކުރިއަށްގެންދިޔަ މަޝްވަރާގައި ގިނަ އަދަދެއްގެ ދިވެހި ވިޔަފާރިވެރިން ބައިވެރިވިކަން ސައީދުގެ ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.