ބާސެލޯ ނަސަންދުރަ ކައިރީގައި އަލިފާނުގެ ހާދިސާއެއް
ދަޕްރެސް
18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 11:25
ބާސެލޯ ނަސަންދުރަ ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ ރޯވެފައި ވަނީ ނަސަންދުރަ ކައިރި އިރުމަތީ ފަރާތުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 10:38 ހާއިރު ކަމަށާއި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.