ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ދިވެހިންނަށް ލިބުނު ޝަރަފެއް: ރައީސް

ދަޕްރެސް

18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 6:13

ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ދިވެހިންނަށް ލިބުނު ބޮޑު ޝަރަފެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީގައި މިއަދު ފެށުނު ކޮމަންވެލްތު ގައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕާއި ގުޅުވާ ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ މި މުބާރާތް ރާއްޖޭގައި ބޭއްވޭ ކަމީ ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ޝަރަފެއްކަމަށާއި، އަދި މިއީ ކުޅިވަރުގެ ބައިނަލްއަގުވާމީ ދަނޑުތަކުގައި ދިވެހިން ހާސިލުކުރި ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވި އެކިއެކި ޓީމުތަކަށާއި، މުބާރާތުގެ މެޗުތައް ބަލަން ރާއްޖެއައި ފަރާތްތަކަށް މަރުހަބާ ދަންނަވަމުން ރައީސް ވިދާޅުވީ މިއީ ކުޅިވަރަށް ދިވެހިން ކުރާ ލޯބި ދުނިޔެއަށް ހާމަވެ، މި ގައުމުގެ ރީތިކަން އެތައް ބަޔަކަށް އިތުރަށް އިޝްތިހާރުވާނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

މައުޟޫޢުތަށް