1،037 ބައިވެރިންނާއެކު ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ފަށައިފި
ދަޕްރެސް
19 ސެޕްޓެމްބަރު 2025 | ހުކުރު | 9:52
1،037 ބައިވެރިންނާއެކު، ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ރަސްމީކޮށް ފަށައިފިއެވެ.
މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 119 މުއައްސަސާއަކުން 1،037 ބައިވެރިން ވާދަކުރެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ބައިވެރިންގެ އިތުރުން ހާފިޡުންގެ ގޮފީގައި 31 ހާފިޡުންނެވެ.