ފުލިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި
ދަޕްރެސް
19 ސެޕްޓެމްބަރު 2025 | ހުކުރު | 6:15
ވ. ފުލިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
އެމްޓީސީސީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކަމަށެވެ.
އެމްޓީސީސީން ބުނީ 521 މީހުންގެ އާބާދީއެއް އޮންނަ ފުލިދޫއަކީ ފަތުރުވެރިކަމަށް މަޝްހޫރު ރަށެއްކަމަށާއި، މި ރަށުގެ ބަނދަރު ކުޑަ ވުމުން މުދާ އަރުވައި ބޭލުމަށާއި އަރާ ފޭބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން ދާކަމަށެވެ. އެއާއެކު އެމްޓީސީސީން ބުނީ މި ރަށުގައި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމާއެކު ޖާގަ ތަނަވަސް ބަނދަރެއް ރަށު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށާއި އެއާއެކު ރަށަށް ލަފާފުރުމުގައާއި، މުދާ އަރުވައި ބޭލުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.