ރައީސް ވިދާޅުވީ ބިން ހިއްކަން ރައްޔިތުންގެ މައްސަލައެއް ނެތްކަން ސިޓީއަކުން އެންގުމުން މަޝްރޫއު ކުރިއަށްގެންދަވާނެ ކަމަށް
ދަޕްރެސް
19 ސެޕްޓެމްބަރު 2025 | ހުކުރު | 7:42
ވ. ފުލިދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ރައްޔިތުންގެ މައްސަލައެއް ނެތްކަމުގެ ސިޓީއަކުން އެންގުމުންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފުލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ އާބާދީއަށް ބޭނުންވާ ވަރަށް ބިން ނެތް އެ ރަށުގައި ދިރިއުޅުމުގެ ބޭނުމަށް ބިން ނުދެވޭތާ 15 އަހަރުވެފައިވާ ކަމަށާއި، އެރަށުގެ ބަނދަރުގެ މަޝްރޫއުއާ ގުޅުވައި ބިން ހިއްކުމަކީ ރައްޔިތުން އެންމެ ބޭނުންވާ އެއް މަސައްކަތް ކަން އިނގިލައްވާ ކަމަށެވެ.
އެއާއެކު ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ރައްޔިތުން އެކަމަށް ބޭނުންވާކަން ހާމަކޮށް ސިޓީ ފޮނުވުމުން ކަމަށާއި، އެއީ މިފަހުން ބިން ހިއްކުމަށް ހަވާލުކުރިފަހުން މަޝްރޫއު ކުރިއަށް ނުގެންދެވުމުންކަމަށެވެ.