ކެޔޮދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ދަޕްރެސް

20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 1:13

ވ.ކެޔޮދޫގެ ބިން ހިއްކުމުގެ މަސައްކަތް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ހިންގަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކެޔޮދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ތަރައްގީގެ އަމަލީ ސިފަ ކެޔޮދޫއަށް ގެންނަވާނެކަމަށެވެ. މިދަތުރުފުޅުގައި އަލަށް ސޮއިކުރެވުނު މަޝްރޫއުތަކަކީ ރަށުގެ ތަރައްގީ އާއި ރަށުގެ ކުރިމަގަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫއުތަކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ރަށު ސްކޫލްގެ އައު އިމާރާތާއި، ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންގޮސް، ރަށުގެ ރައްޔިތުންނަށް އޭގެ ލުއިފަސޭހަ ލިއްބައިދޭނެކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސިއްހީ މަރުކަޒުގައި ލެބޯރެޓަރީ އާއި އެހެނިހެން މުހިންމު ފެސިލިޓީތައް ގާއިމުކުރައްވާނެކަމަށެވެ. ސްކޫލް މަސައްކަތަކީވެސް ރަށުގެ ކުރިމަގަށް ވަރަށް މުހިންމު މަސައްކަތެއް ކަމުގައެވެ.

މައުޟޫޢުތަށް