ފ. ފީއަލީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރަން އަމިއްލަ ކުންފުންޏަކަށް
ދަޕްރެސް
20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 7:07
ފ. ފީއަލީގައި އައު މިސްކިތެއް އިމާރާތްކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެ މަޝްރޫއާ ބެހޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.