ތ. އަތޮޅުގައި އާރްޓިއެލްގެ ހިދުމަތް ފަށަން ތައްޔާރުވެ، ފެރީތައް އެ އަތޮޅަށް ފުރައިފި

ދަޕްރެސް

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 1:57

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ރީޖަނަލް ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ތ. އަތޮޅަށް ފުޅާކުރުމަށް ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

އެމްޓީސީސީން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ވަނީ، ތ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ސްޕީޑް ފެރީތައް މިއަދު އެ އަތޮޅަށް ދަތުރު ފަށާފައިވާ ކަމަށެވެ.

އަދި މި ފެރީތައް ތ. އަތޮޅަށް ފުރާފައި ވަނީ ހިދުމަތް ފެށުމަށް ކުރަންޖެހޭ އެންމެހައި ތައްޔާރީތައް ކުރުމަށް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް