5 މެންބަރުންނާއެކު މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ވަގުތީ ކޮމިޓީ އެކުލަވާލައިފި
ދަޕްރެސް
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 2:11
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަން"ގެ ވަގުތީ ކޮމިޓީ މިއަދު އެކުލަވާލައިފިއެވެ.
މީޑިއާ ރެގިއުލޭޓް ކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ރައީސް ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެ ބިލު ރައީސް ތަސްދީގުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް ވަނީ އަމަލުކުރަން ފަށައިފައެވެ. ގާނޫނުގައިވާ ގޮތުގެ މަތީން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލަވާލައި، މެންބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.