ބޮޑު އަގެއްގައި ކައުންސިލް އިމާރާތްތަކެއް އަޅަން އާރުސީސީއަށް ދިން މައްސަލަ އޭސީސީއަށް

ދަޕްރެސް

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 4:21

ބޮޑު އަގެއްގައި ކައުންސިލް އިމާރާތްތަކެއް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށައިފިއެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތްކުރަން އާރުސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މަހު އެކަމަށްޓަކައި ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފާހަގަކުރެވޭ ގޮތުގައި އާރުސީސީއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ނާޒިމްގެ ކުންފުންޏެކެވެ. މި ކުންފުންޏާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ ބިޑަކަށް ހުޅުވާ ނުލާ 631 މިލިއަން ރުފިޔާ އަށެވެ. މިކަމާ ގުޅިގެން ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ވަނީ އާރުސީސީއަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ އަގު ހުށަހެޅި 4 ފަރާތުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅީ އާރުސީސީން ކަމަށްވާތީ ކަމުގައި ވިދާޅުވެފައެވެ.

މައުޟޫޢުތަށް