މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މަސްވެރިކަމުގެ ސިނާއަތް އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި: ރައީސް

ދަޕްރެސް

22 ސެޕްޓެމްބަރު 2025 | ހޯމަ | 12:03

މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، މަސްވެރިކަމުގެ ސިނާއަތް އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި ކަމަށާއި، އެހެންނަމަވެސް އެ ސިނާއަތް ނަގާ ކޮޅަށްޖެހުމަށް މި ސަރުކާރުން އިސްކަންދެއްވާކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ މުލަކަތޮޅު މުލަކުގައި ވަށާޖެހޭ ގޮތެއްގައި މަސްވެރިކަން ފުޅާކުރުމަށް ފައްޓަވާފައިވާ އަދި ހިންގެވުމަށް ރާއްވަވާފައިވާ މަސައްކަތްތަކުގެ އަދާހަމަ،ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ.

އެގޮތުން، ރޭ ސޮއިކުރި، 30 ޓަނުގެ އައިސްޕްލާންޓެއް ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން، މިހާރު ކުރިއަށްދާ ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަޝްރޫއާއި، ޖަނަވަރީ މަހު އެ ރަށުގައި ފެށުމަށް ހަމަޖެހިފައިވާ ފިއުލް ސްކިޑްގެ މަސައްކަތާއެކު ރަށުގެ މަސްވެރިކަމަށް ކުރިއެރުން ލިބިގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމުގެ ދެމެހެއްޓެނިވި ނިޒާމެއް ކަނޑައަޅުއްވައި، ބިނާރާއި ވަސީލަތްތައް ގާއިމުކުރައްވައިގެން، އެ ސިނާއަތް ނަގާ ކޮޅަށްޖެހުމަށް މަސައްކަތްކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް