ފަރަށް އެރި "މެގަ ހޯރަ" ބޯޓު ފުންކޮށްފި، މީހަކަށް އަދި ބޯޓަށްވެސް ގެއްލުމެއް ނުވޭ
ދަޕްރެސް
22 ސެޕްޓެމްބަރު 2025 | ހޯމަ | 11:44
މާލެއިން ފުރައިގެން ދިއްދޫއަށް ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި "މެގަ ހޯރަ" ބޯޓު ފުންކޮށްފިއެވެ.
61 މީހުންނާ އެކު ދަތުރުކުރި 98 ފޫޓްގެ އެ ބޯޓު ފަރަށް އަރާފައިވަނީ ރޭގެ ވަގުތެއްގައެވެ.
އެމްއެންޑީއެފްއިން ބުނީ ދިޔަވަރު ބޮޑުވުމުން، އެހެން ދެ އުޅަނދެއްގައި ކަފުޖަހައިގެން މެގަ ހޯރަ ބޯޓު ފުންކުރެވިފައި ވަނީ މިއަދު ހެނދުނު 9:35 ހާއިރުކަމަށެވެ.