ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލުކުރާ ތަކެތި އަގުބޮޑުކުރީ އާމްދަނީ ހޯދާކަށްނޫން: ރައީސް
ދަޕްރެސް
23 ސެޕްޓެމްބަރު 2025 | އަންގާރަ | 10:00
ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލުކުރާ ތަކެތި އަގުބޮޑުކުރީ އާމްދަނީ ހޯދަން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުލީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިނގިރޭޓާއި ދުންފަތުން ލިބޭ ފައިސާ މިހާރު ކަނޑައަޅާފައި ވަނީ ޕްރިވެންޓިވް ހެލްތްކެއާގެ މަޝްރޫއުތަކަށް ކަމަށާއި އެ ތަކެތި އަގުބޮޑުކުރީ އާމްދަނީ ހޯއްދަވަން ނޫން ކަމަށެވެ.
އަދި ހަމަ އެހެންމެ 2007 ޖަނަވަރީ 1 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށާއި އަދި ކުރިއަށް އޮތްތާ އުފަންވާނެ ކުދިންނަށް ރާޢްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރީ ގާނޫނަކުންކަން ފާހަގަ ކުރައްވާ ރައީސް ވަނީ ނޮވެންބަރު 1 އިން ފެށިގެން އެކަން ތަންފީޒުކުރަން ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.