ކާގޯ ބޯޓުން ކަނޑަށް ވެއްޓުނު މީހާ އަދިވެސް ނުފެނޭ، ވައިގެ މަގުންވެސް ހޯދަނީ

ދަޕްރެސް

23 ސެޕްޓެމްބަރު 2025 | އަންގާރަ | 10:20

ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހާ އަދިވެސް ނުފެންނަ ކަަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ވިލިމާލެއާ ދިމާ ބޭރުގައި އަޅާފައި އޮތް އިންޑިއާގެ ބޯޓަކުން މީހަކު ކަނޑަށް ވެއްޓުނީ ރޭގެ ވަގުތެއްގައެވެ.

އެމްއެންޑީއެފުން ބުނީ އެމްއެސްވީ ޑައުލާ ނަމަކަށް ކިޔާ ބޯޓުން ކަނޑަށް ވެއްޓުނީ އިންޑިއާގެ ރައްޔިތެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑްގެ ސިފައިން ކުރަމުން އަންނަ ކަމަށެވެ.

މައުޟޫޢުތަށް