ސާފުތާހިރުކަން ކުޑަ ކެފޭތަކާއި ރެސްޓޯރެންޓުތައް ބަންދުކުރަނީ، މިހާތަނަށް 25 ތަނެއް ވަނީ ބަންދުކޮށްފައި

ދަޕްރެސް

23 ސެޕްޓެމްބަރު 2025 | އަންގާރަ | 1:22

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ޗެކްކޮށް، މިންގަނޑަށް ނުފެތޭ ތަންތަން ބަންދު ކުރަން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އިތުރުން އެޗްޑީސީ ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ސާފުތާހިރުކަން ދެނެގަތުމަށް ހާއްސަ އިންސްޕެކްޝަނެއް ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި އޮޕަރޭޝަންގެ ދަށުން މާލެ އާއި ވިލިމާލޭގެ ކެފޭ ތެކާއި ރެސްޓޯރެންޓުތައް ވެސް ދަނީ ބަލާ ފާސް ކުރަމުންނެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އިންސްޕެކްޝަންގައި އިއްޔެއާ ހަމައަށް ވަނީ ސާފުތާހިރުކަން ކުޑަ 25 ތަނެއް ބަންދުކޮށްފައެވެ. އެ އިންސްޕެކްޝަނުގައި އެ ތަންތަން ބަންދުކޮށް ބޭރުގައި ނޯޓިސް ވެސް ވަނީ ހަރުކޮށްފައެވެ.

މައުޟޫޢުތަށް