ސައުދީ އަރަބިއްޔާގެ އިސް މުފްތީ ޝައިހް އަބްދުލްއަޒީޒް އަވަހާރަވެއްޖެ
ދަޕްރެސް
23 ސެޕްޓެމްބަރު 2025 | އަންގާރަ | 3:52
ސައުދީ އަރަބިއްޔާގެ އިސް މުފްތީ ޝައިހް އަބްދުލްއަޒީޒް ބިން އަބްދުﷲ އާލް ޝައިހް މިއަދު އަވަހާރަވެއްޖެއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސައުދީ އަރަބިއްޔާގެ އިސް މުފްތީ އަދި އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހް އަބްދުލްއަޒީޒް ބިން އަބްދުﷲ އާލް ޝައިހް އަވަހާރަވި ހަބަރު އަޑުއެއްސެވީ ނުހަނު ހިތާމައާއެކު ކަމަށާއި، މިއީ މުޅި އިސްލާމީ އުންމަތަށް ލިބުން ހިތާމަވެރި ހަބަރެއް ކަމަށެވެ.
ރައީސް ވިދާޅުވީ ޝެއިހްގެ ފުރާނަފުޅު ސުވަރުގޭގައި ލެއްވުން އެދި ދުއާކުރައްވާކަމަށެވެ. އަދި ޝައިހް އަކީ އިސްލާމް ދީނުގެ ރިސާލަތު ފެތުރުއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއްކަމަށާއި، ޝައިހްގެ ވަކިވެދިއުމަކީ އިލްމުވެރިއަކާއި އިތުބާރު ހުރި މުޝީރެއް އިސްލާމީ ގައުމަށް ގެއްލިގެން ދިއުން ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.