އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމުގެ މަސައްކަތް އަބަދުވެސް ކުރާނަން: ރައީސް
ދަޕްރެސް
23 ސެޕްޓެމްބަރު 2025 | އަންގާރަ | 8:45
އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމުގެ މަސައްކަތް އަބަދުވެސް ސަރުކާރުން ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ މީގެ 899 އަހަރުކުރީން ރާއްޖެ އިސްލާމްވީ ހާދިސާއިން ހާސިލުވާ އިބްރަތްތައް ގިނަކަމަށާއި، އެ ދުވަހުއްސުރެ 9 ގަރުނު ފާއިތުވާން މިދަނީ ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ދިވެހީން ތިބެ ކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހީން އަބަދުވެސް ތިބެނީ އިސްލާމްދީން ނޫން އެހެން ދީނަކަށް މި ބިމުން ޖާގަނުދީ، އިސްލާމީ އުސޫލުތަކާ ބީރައްޓެހި ކޮންމެ ކަމެއް މި ފަސްގަނޑުން ލުހެލުމުގެ ސާބިތު އަޒުމާއެކު ކަމަށާއި، އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާއުގައި އިސްނަގާ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.