ވިލުފުށީ އެއާޕޯޓުގެ މަސައްކަތް ފަށައިފި، އަމާޒަކީ 30 މަސް ދުވަހުން ނިންމުން
ދަޕްރެސް
24 ސެޕްޓެމްބަރު 2025 | ބުދަ | 9:54
ތ. ވިލުފުށީ އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށްޓަވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިއަދުން ފެށިގެން 30 މަސްދުވަސް ތެރޭ ވިލުފުށީ އެއާޕޯޓުގެ މަސައްކަތް ނިންމަވާނެކަން ރައީސް އިއުލާން ކުރެއްވީ ރޭ ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުގެމަތިން ރައްޔިތުން ބޭނުންވާ ތަނުގައި އެއާޕޯޓު ތަރައްގީކުރުމަށް ބިންހިއްކުމުގެ މަސައްކަތް މިއަދު ރަސްމީގޮތުން ފައްޓަވައި، ގިނަވެގެން 30 މަސްދުވަސްތެރޭ، 1800 މީޓަރުގެ ރަންވޭއަކާ އެކު އެއާޕޯޓު ތަރައްގީރުމުގެ މަސައްކަތް ނިންމަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.