ވިލުފުށީ މަސްޖިދު އުމަރު ފާރޫގްއަކީ އިސްލާމީ މަރުކަޒެއް ކަމުގައި ކަނޑައަޅައިފި
ދަޕްރެސް
24 ސެޕްޓެމްބަރު 2025 | ބުދަ | 3:05
ތ. ވިލުފުށީ މަސްޖިދު އުމަރު ފާރޫގްއަކީ އިސްލާމީ މަރުކަޒެއް ކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
މިގޮތަށް ކަނޑައަޅުއްވާ އެކަން އިޢުލާން ކުރެއްވީ ރޭ އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި ނިންމުން ނިންމަވާ، އެތަނަށް ބޭނުންވާ ލައިބްރަރީ އާއި ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ގާއިމްކުރައްވާނެކަމަށް ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.
މިއީ ވިލުފުށީ ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމުހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.