ވިސާއާ ނުލާ ދިވެހީންނަށް އަޒަރުބައިޖާނަށް ދެވޭ ގޮތް ހަމަޖައްސައިފި

ދަޕްރެސް

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 11:19

ދުރާލާ ވިސާޖެހުމަކާ ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތް މަގު ފަހިކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ. އަދި، އަޒަރުބައިޒާން ސަރުކާރުން ސޮއިކުރެއްވީ، ފޮރިން މިނިސްޓަރު ޖޭހުން ބައިރަމޯވްއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ވިސާ ނުނަގައި އަޒަރުބައިޖާނަށް ދެވޭނެ ކަމަށެވެ. އަދި 90 ދުވަހުގެ މުއްދަތަށް އެ ގައުމުގައި މަޑުކުރެވުމުގެ އިތުރުން ޓްރާންސިޓް ދަތުރުވެރިންގެ ގޮތުގައިވެސް އެ ގައުމަށް އެތެރެވެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މައުޟޫޢުތަށް