މޫސަ މަރާލި މައްސަލައިގެ ތަހުގީގު ނިންމައި މުހައްމަދުގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

ދަޕްރެސް

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:54

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމާލާދީ މޫސާ އިބްރާހީމް މަރާލި މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ހދ. ނޮޅިވަރަންފަރު - އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމްގެ މައްޗަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި އެ މައްސަލަ ޕީޖީ އޮފީހުން ބަލައިގެންފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް